ރ.މީދޫ ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތް އިން އިއްޔެ ވަނީ މި މަޝްރޫއު އާރްޑީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ތަފްސީލެއް މިނިސްޓްރީން ހާާމަކޮށްފައެއް ނުވެއެވެ.
މީދޫ ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން ފުރަތަމަ ލަފާކުރީ 2021 ޖޫން 9 ގައެވެ. އަދި ނިމޭނެ ކަމަށް ލަފާކުރީ 2023 ޖޫން 15 ގައެވެ.