ދ.އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލު އިރާތުގެ ނުނިމި ހުރި މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މި މަސައްކަތް ހަވާލުކުރީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ.
އެގޮތުން އެކުންފުންޏާއެކު އިއްޔެ ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މިއީ ޕީއެސްއައިޕީ 2021 ގެ ދަށުން ކުރިއަށްގެންދާ މަަސައްކަތެކެވެ. ސްވިފްޓް އިންޖިނިއަރިންގއާ މި މަސައްކަތް ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.