ރަޝިޔާގެ ގައުމީ އެއާރލައިން އެއިރޯފްލޮޓް އިން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް 10 ދަތުރަށް އިތުރުކުރަން ނިންމައިފިއެވެ.
އެއިރޯފްލޮޓުން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް އިތުރުކުރަން ނިންމާފައި ވަނީ އޮކްޓޫބަރ މަހުން ފެށިގެންނެވެ.
އޮކްޓޫބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ އެއާލައިނުން ހަފްތާއަކު 7 ދަތުރު ރާއްޖެއަށް ކުރާނެއެވެ.
މީގެ އިތުރުން ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އާދިއްތަ، ބުދަ ދުވަހުގެ އިތުރުން ހޮނިހިރު ދުވަހު 2 ފުލައިޓު އިތުރުކޮށް ރާއްޖެއަށް ހަފްތާއަކު 10 ދަތުރު ކުރުމަށް އެއިރޯފްލޮޓުން ވަނީ ނިންމާފައެވެ.
ރަޝިޔާގެ ގައުމީ އެއާރލައިން އެއިރޯފްލޮޓުގެ ދަތުރުތައް އިތުރުކުރަން ނިންމާފައި ވަނީ ރާއްޖެއަށް އޮންނަ ޑިމާންޑްގެ ބޮޑުވުމުގެ ސަބަބުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ތަފާސްހިސާބުތައް ދައްކާގޮތުން ރަޝިޔާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމެވެ.