އަވަށްޓެރި އިންޑިޔާއިން ޑޯނިއާ މަތިންދާބޯޓެއް ސްރީލަންކާއަށް ހަދިޔާކޮށްފިއެވެ.
އިންޑިޔާ އާއި ލަންކާއާ ދެމެދު 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު ބޭއްވި ސަލާމަތީ ކަންކަމާބެހޭ ބޮޑު ބައްދަލުވުމުގައި ލަންކާގެ އެދުމުގެ މަތިން ހަދިޔާ ކުރި މަތިންދާބޯޓެކެވެ.
ެއެ ޑޯނިއާ މަތިންދާބޯޓު ހަވާލުކުރުމަށް ލަންކާގެ މައި އެއާރޕޯޓް ކަޓުނާޔަކާގެ އެއާރފޯސް ބޭސްގައި ވަނީ ހާއްސަ ރަސްމިއްޔާތެެއް ބާއްވައިފައެވެ.
އިންޑިއާއިން ހަދިޔާކުރި އެ ޑޯނިއާ ބޯޓު ލަންކާ އިން ބޭނުން ކުރަން ނިންމާފައި ވަނީ މެރިޓައިމް ސަވައިލަންސް އެއާކްރާފްޓެއްގެ ގޮތުގައެވެ.