ހިމާޔަތްކޮށްފައިވާ ކ.ތަނބުރުދޫ ސަރަހައްދު ވަގުތީކޮށް ބަންދުކޮށްފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން މިއަދު ބުނީ ތަނބުރުދޫ ސަރަހައްދުގައި މި އޮގަސްޓް މަހުގެ 21 – 28 އަށް ”ފޯ ސީޒަންސް މޯލްޑިވްސް ސާރފިންގ ޗެމްޕިއަންޝިޕް ޓްރޮފީ 2023 “ ބޭއްވުމަށްވަނީ ހަމަޖެހިފައިވާާ ކަމަށެވެ.
އެހެންކަމުން މި މުއްދަތުގައި އެ ސަރަހައްދު އާންމުންނަށް ބަންދުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.