އަނިޔާވެރިކަން ނިމިއްޖެ ކަމަށާއި ދެން އަނބުރާ ވެރިކަމެއް ނުދެވޭނެ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
އެމްްއާރްއެމްގެ ސްލޮޓެއްގައި ހެރިޓޭޖް މިނިސްޓަރުކަމުގައި ހުންނެވި ޔުމްނާ މިހެން ވިދާޅުވީ އެ ކަމަނާގެ ބޮޑުބޭބޭފުޅު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ހައްޔަރުކުރި ބޭފުޅުންގެ ފޮޓޯއަކާއެކު ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ޔާމީންގެ ޒައާމަތުގައި އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުންނާއި މަޖިލިސް މެންބަރުންނާއި ފަނޑިޔާރުންނާއި އިދިކޮޅު ޕާޓީތަކުގެ އެކްޓިވިސްޓުން ހައްޔަރުކޮށް ޖަލަށްލިއެވެ.
އޭގެތެރޭގައި ޔުމްނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވެސް ހިމެނިވަޑައިގަންނަވައެވެ.
“އަނިޔާވެރިކަން ނިމިއްޖެ. ދެން އަނބުރާ ނުދެވޭނެ.“ ޔުމްނާ ކުރެއްވި ޓުވީޓުގައިވެއެވެ.
ޔުމްނާ މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ކޯލިޝަނަށް އަމާޒުކުރައްވައެވެ. ރައީސް ޔާމީން ޖަލުގައި އޮންނެވި ނަމަވެސް އެމަނިކުފާނު ލީޑްކުރައްވާ ޕީޕީއެމް/ޕީއެންސީން އަންނަ ރިޔާސީ އިންތިޚާބަށް ޑރ.މުޙައްމަދު މުޢިއްޒު ނެރެ ދަނީ ކެމްޕޭން ކުރަމުންނެވެ.
ކޮއްކޯފުޅު ފާރިޝް މައުމޫން އަމިއްލަ ގޮތުން އިންތިޚާބަށް ކުރިމަތިލެއްވި ނަމަވެސް ޔުމްނާ އަދިވެސް ހުންނެވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކުގައެވެ.