ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ ތުހުމަތުކޮށް އިދިކޮޅު ކޯލިޝަނުން އެ ކަންބޮޑުވުންތައް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މަންދޫބުންނާ މިއަދު ހިއްސާކޮށްފިއެވެ.
ޕީޕީއެމް/ޕީއެންސީން މިއަދު ވަނީ ރިޔާސީ އިންތިޚާބުގެ ކަންކަން ހިނގާ ގޮތް ބަލަން ރާއްޖެއަށް ވަޑައިގެން އުޅުއްވާ އީޔޫ މިޝަންގެ ބޭފުޅުންނާއެކު ބައްދަލުވުމެއް ބާއްވައިފައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ތިން ކަމަކާ ގުޅޭ ކަންބޮޑުވުންތައް ޕީޕީއެމް/ޕީއެންސީން ވަނީ ހިއްސާ ކޮށްފައެވެ.
އޭގެތެރޭގައި ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމާއި ރައީސް ޔާމީންގެ ކެންޑިޑެންސީ ގެއްލުވައިލުމަށް ސަރުކާރުގެތެރެއިން ނުފޫޒު ފޯރުވާފައިވާކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން ޖަލުގައި ބާއްވައިގެން މިނިވަން އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެކަން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ސަރުކާރުން ރިޔާސީ އިންތިޚާބާ ދިމާކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާކަމުގެ ތުހުމަތުކޮށް އެކަން ވެސް ވަނީ ހިއްސާކޮށްފައެވެ.
އީޔޫބުނަނީ ތިމަންނަމެން ނުބެހޭނަމޭ އެކަމަކު ތިޔަދިޔައީ އެމީހުންކާރިޔަށް ޔޫރަޕުގެގޮއިބޭނުންވާބައެތް.މިހާތުވެތިކަމުގާތިބީ.ވީމާބޭނުމެއްނުވާނެ.ޔާމީނުއަކަށްރަގަޅުގޮތެއް މުސްލިމުން ބޭނުންވިޔަސް