ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ގޮވާލާ މިފަހުން ހިންގި އެންމެ ބޮޑު ސިޔާސީ ހަރަކާތްކަމުގައިވާ ބަރުލާމީ ޕެޓިޝަންގެ ކެމްޕެއިންގައި އެންމެ އިސްކޮށް މަސައްކަތްކުރި ބޭފުޅުންގެ ތާއީދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުއަށް ކުރާކަން ދިޑެއިލީއަށް ކަށަވަރުކުރެވިއްޖެއެވެ.
ބަރުލާމީ ޕެޓިޝަންގެ ކެމްޕެއިންގައި އެންމެ އިސްކޮށް މަސައްކަތްކޮށްފައިވާ ވަނީ މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛް މުޙައްމަދު ނިޝާން އިބްރާހީމް އާއި އެކެމްޕެއިންގައި ވަރަށް އިސް ދައުރެއް އަދާކޮށްފައިވާ އަދި ކުރިން އެމްޑީޕީގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތްކުރި ނަތާއާއި ރަށްޔިތުން މަޖުލީހުގެ މާލެއަށް ނިސްބަތްވާ މެންބަރެއްކަމުގައިވާ އިބްރާހީމް މުއީޒުވެސް ވަނީ
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުއަށް ތާއީދުކުރަން ނިންމައި އެކަން އިއުލާންވެސް ކޮށްފައެވެ. މި 3 ބޭފުޅުންނަކީ ބަރުލަމާނީ ޕެޓިޝަން ހިންގުމުގައި އެންމެ އިސްކޮށް މަސައްކަތްކޮށްފައިވާ 3 ބޭފުޅުންނެވެ.
މިކަމާއި ގުޅިހެން ނަތާ އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވާ ގޮތުން، ބަރުލަމާނީގައި މަސައްކަތްކުރި ބޮޑުބައި މިއަދު ތިބީ ރައީސް ޞާލިހުއާއި އެމްޑީޕީއާއި އެކުގައި ކަމުގައި ލިޔުއްވާފައިވެއެވެ. އަދި މީގެ ކުރިން ލޯޔަރ ނިޝާން އާއި މެންބަރ މުއީޒުވެސް ވަނީ ރައީސް ޞާލިހުއަށް ތާއީދުކުރާކަން ހާމަކޮށްފައިކަން ފާހަގަކުރަމެވެ.
މިބޭފުޅުންނަކީ މީގެ ކުރިން ރައީސް ނަޝީދުއަށް ވަފާތެރި އަދި ރައީސް ނަޝީދުގެ ކެމްޕެެއިންތަކުގައިވެސް ވަރަށް އިސްކޮށް މަސައްކަތްކޮށްފައިވާ ބޭފުޅުންނެވެ. އޭގެ ތެރޭގައި ބަރުލަމާނީގެ އިތުރުން އެމްޑީޕީގެ ޤައުމީ މަޖުލީހުގެ ކެމްޕެއިނާއި އެމްޑީޕީގެ ޗެއާރ ޕާރސަން އިންތިހާބާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ފާހަގަކުރެވެއެވެ.
Nasheed falhi akah nervy ne thaa riyaasee inthikaaba nere gen ulhenee mahithun Gina bayaku gayavaa mee he noon inthikhab ge fura thama buru nimunee ma en gey ni anni neregwn Ulley meehaa ah oiy support eh anni ah support kuriyas ma hithun ilyas labeeb ah vote dheyne mee hun madhu vaane