ހއ.އިހަވަންދޫ މަސްކިރާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ.
މި މަޝްރޫއުު ހަވާލުކުރީ 60.26 މިލިއަން ރުފިޔާއަށް 500 ދުވަސްތެރޭ ނިންމުމަށެވެ.
މި މަޝްރޫއުގެ ދަށުން:
5.5 މީޓަރު އެމްއެސްއެލްގެ 47,161 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާަބަރ ބޭސިން ފުންކުރުމާއި 3.5 މީޓަރު އެމްއެސްއެލްގެ 3060 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާަބަރ ޭބޭސިން ފުންކުރުން ހިމެނޭ.
42 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 129 މީޓަރުގެ ޝީޓް ޕައިލް އެއްގަމުތޮށިލުމާއި 66 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި ބޮލާރޑް ހަރުކުރުމާއި ވީ-ފެންޑާ ހަރުކުރުމާއި 3437 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާަބރ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ.
މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.