ކިހާދޫ ކައުންސިލްގެ ރައީސް ޙުސައިން ޝާފިޢުއާއި ކައުންސިލް މެންބަރު އަޙްމަދު ރަޝީދު ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވައިފިއެވެ.
އެ ދެ ބޭފުޅުން ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް (އިއްލި) ގެ ރަނިންމޭޓް ޙުސައިން އަމްރު މުޙައްމަދު ރަޝާދު މިއަދު ބ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މީގެކުރިން އެމްޑީޕީގައި ތިއްބެވި ޝާފިއުއާއި އަޙްމަދު ރަޝީދާއެކު އެ ރަށުގެ އެމްޑީޕީގެ ގިނަ ބަޔަކު ވެސް ޑިމޮކްރެޓްސްއަށް ވަނީ ސޮއިކޮށްފައެވެ.
ޝާފިއުއާއި އަޙްމަދު ރަޝީދު ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމާއެކު އެ ރަށުގެ ކައުންސިލުގައި މިހާރު އެމްޑީޕީ ތަމްސީލުކުރައްވާނެ އިތުރު ބޭފުޅަކު ނުތިއްބަވާނެއެވެ. ދެން ތިއްބެވި ތިން މެންބަރުންނަކީ އަމިއްލަ ގޮތުން ވާދަކުރައްވައި ކައުންސިލަށް އިންތިޚާބުވި މެންބަރުންނެވެ.