އިންޑިއާއިން ރާއްޖެއަށް 7000 އަށްވުރެ ގިނަ ފޮތް ހަދިޔާކޮށްފިއެވެ.
މިއީ މިއަހަރުގެ ފުރަތަމަކޮޅު އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ.ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިއުލާނުކުރެއްވި 215 ސްކޫލެއްގައި އެންރިޗިންގ ސްކޫލް ލައިބްރަރީޒް ޕްރޮޖެކްޓްގެ ދަށުން ހަދިޔާކުރުމަށް ހަމަޖެހިފައިވާ 10000 އަށްވުރެ ގިނަ ފޮތުގެ ފުރަތަމަ ބެޗެވެ.
ޖަމާލުއްދީން ސްކޫލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހަދިޔާކުރޫ 7115 ފޮތެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީއާ މި ފޮތްތައް ހަވާލުކޮށްދެއްވީ އިންޑިއާއިންރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.