މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރައްވަމުން ގެންދެވި ކެމްޕެއިން ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސް ޞާލިހުގެ ދަތުރުފުޅުތައް ކުރިން ރޭވިފައިވާ ގޮތުން އެ މަނިކުފާނު މިއަދު ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ އދ. އަތޮޅުގެ ރަށްތަކެވެ.
ކެމްޕޭން ދަތުރު ކުރުކޮށްލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގެންނެވީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް މައުލޫމާތުލިބެއެވެ.
ކެމްޕޭން ދަތުރުފުޅުތަކުގެ ތެރެއިން ރައީސް ޞާލިހު ގެންދަވަނީ ރަށްރަށަށް ވަޑައިގެން ގިނަ ވައުދުތަކެއް ވެވަޑައިގަންނަވަމުނެވެ.
ރައީސް ޞާލިހު ވަނީ ކެމްޕޭނަށް ށ. އަތޮޅު، ހއ. އަތޮޅު، ވ. އަތޮޅު، ފުވައްމުލަށް ސިޓީ، އައްޑޫ ސިޓީ، ނ. އަތޮޅު، ދ. އަތޮޅު ގދ. އަތޮޅު އަދި ގދ. އަތޮޅަށް ވަޑައިގެންފައެވެ.