ރާއްޖޭގެ އެޕޯލޯ ކުންފުނީގެ ވިޔަފާރިވެރިޔާ އަހްމަދު އާރިފް (އާއްޓޭ) ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް ސޮއިކޮށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭނާއި ގުޅިވަޑައިގެންފިއެވެ.
ރޭ ކުޑަހުވަދޫގައި ބޭއްވި ޚާއްސަ ޖަލްސާގައި އާއްޓޭ ވަނީ ޕީޕީއެމްއާއި ގުޅުމަށް ފަހު ފޯމު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުއާއި ހަވާލުކޮށްފައެވެ.
އާއްޓޭ ސޮއި ކުރުމަށް ފަހު ވާހަކަ ދައްކަވަމުން ޕީޕީއެމްއާއި ގުޅުނީ ތަރައްޤީއާއި ކުރިއެރުމަށް ލޯބިކުރާތީ ކަމަށް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީއާއި މިސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް އާއްޓޭ ފާޑު ވިދާޅުވެފައެވެ.
ޚާއްސަކޮށް ތަކެތީގެ އަގު އުފުލި ރައްޔިތުން އުފުލަމުންދާ ހިއްދަތި ހާލަތަކީ މިސަރުކާރުން ގެނައި ދޯހަޅި ސިޔާސަތުގެ ސަބަބުން ރައްޔިތުން އުފުލަމުންދާ ތަކުލީފް ކަމަށް އާއްޓޭ ވިދާޅުވިއެވެ.