އުތުރު ކޮރެއާއެކު ގުޅުންތައް ބަދަހިކޮށް އިގްތިސާދީ މުއާމަލާތްތައް ފުޅާދާއިރާއެއްގައި ކުރިއަށްގެންދާ ކަމަށް ރަޝިޔާގެ ރައީސް ވްލަދިމިޔާ ޕޫޓިން ވިދާޅުވެއްޖެއެވެ.
އުތުރުކޮރެއާގެ ދިފާއީ ވަޒީރު ކާންގް ސޮން ނާމް ވަނީ އުތުރުކޮރެއާއާއި ރަޝިޔާ އާއި ދެމެދު އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ގުޅުންތައް ވަރަށްބޮޑަށް ބަދަހިވަމުންދާ ކަމަށް ވިދާޅުވެ ވާހަކަ ވަނީ ދައްކަވާފައެވެ.
އުތުރުކޮރެއާގެ ދިފާއީ ވަޒީރު އެ ފަދައިން ވިދާޅުވީ ރަޝިޔާގެ ވެރިރަށް މޮސްކޯގައި ކުރިޔަށްދާ ބައިނަލްއަގްވާމީ އަމަނާބެހޭ މަހާސިންތާގައި ވާހަކަ ދައްކަވަމުންނެވެ.
ރަޝިޔާ އާއި އުތުރުކޮރެއާގެ ގުޅުންތައް ބަދަހިވަމުންދާތީ އެމެރިކާއިން ވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ.
އުތުރުކޮރެއާ އަސްކަރީ ގުޅުންތައް ބަދަހިކުރުމަށް ރަޝިޔާ އިން ކުރާ މަސައްކަތަކީ އދ. ގެ ގަރާރުތަކާ ހިލާފު އަމަލުތަކެއް ކަމަށާއި އެކަމާއި އެމެރިކާ ވަރަށް ކަންބޮޑުވާ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިޑެންޓް ޕަޓޭލް ވިދާޅުވިއެވެ.
އެމެރިކާއިން އެ ކަމުގެ ކަންބޮޑުވުން ހާމަކޮށްފައިވާ އިރު އުތުރުކޮރެއާގެ ޒައީމް ކިމް ޖޮންގް އިލްއަށް ފޮނުއްވި ސިޓީއެއްގައި ޕޫޓިން ވިދާޅުވީ އުތުރުކޮރެއާއި ރަޝިޔާގެ ގުޅުންތައް ބަދަހިވެގެން ދިޔުމަކީ އެދެ ގައުމުގެ ރައްޔިތުންނަށް އޭގެ ފައިދާ ކުރުމުގެ އިތުރުން އެއީ ކޮރެއާ ސަރަހައްދާއި އޭޝިއާގެ އުތުރު އިރުމަތީ ސަރަހައްދަށް ހަމަޖެހުމާއި ސުލްހަ ގާއިމްކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.