ބޯކޮށް ވާރޭވެރި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި އަވަށްޓެރި އިންޑިޔާގައި 49 މީހުން މަރުވެއްޖެއެވެ.
އިންޑިޔާގެ ހިމާޝަލް ޕްރަދޭޝްއަށް ކުރަމުންދާ ބޯ ވިއްސާރައިގައި ގިނަ ސްޓޭޓްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ.
ވެހެމުންދާ ވިއްސާރައިގެ ބާރުގަދަވެ ބައެއް އިންޑިޔާގެ އުތުރުގެ ސަރަހައްދުތަކަށް ވަނީ އެލާޓް ނެރެފައެވެ.
ހިމާޝަލް ޕްރަދޭޝް އިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 41 މީހުން މަރުވެފައިވާ އިރު އެ ވިއްސާރައިގައި މީގެ ކުރިން ވެސް 16 މީހަކު މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.
އޮފިޝަލުން ބުނީ 49 މީހުން މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކާ އިރު އިތުރު އެތައް ބަޔަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ.
ވިއްސާރައިގެ ސަބަބުން ހިމާޝަލް ޕްރަދޭޝްގެ ސްކޫލްތަކާއި އޮފީސްތައް ވަނީ ބަންދުކޮށްފައިވާ އިރު ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ދަތުރުފަތުރުގެ ވަސީލަތްތައް ވެސް މެދުކެނޑިފައެވެ.
މީހުން ސަލާމަތްކުރުމަށް ރެސްކިއު ޓީމުތައް ނެރެފައިވާ އިރު ވިއްސާރައިގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން ސަލާމަތްވުމަށް ޓީމުތައް ވަނީ އެކި ސަރަހައްދުތަކަށް ފޮނުވާފައެވެ.