ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މިރޭ ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސެންޓަރުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މިރޭ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.
އެހެންކަމުން އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.
ކަނޑުތައް މަޑުވާނެކަމަށް ލަފާކޮށްފައިވާއިރު, ރާޅުގެ އުސްމިން ހުންނާނީ އެއް ފޫޓާއި ހަތަރު ފޫޓާ ދެމެދުކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.