ޑްރެޖަރަށް މައްސަލަތަކެއް ދިމާވެގެން ހުއްޓިފައި އޮތް ތ.ހިރިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު އަލުން ފަށައިިިފިއެވެ.
އެމްޓީސީސީން ހިރިލަންދޫގެ ބިން ހިއްކަން ފެށީ މިދިޔަ އަހަރުގެ މެއިމަހުގައެވެ. ނަމަވެސް އެ މަސައްކަތްތައް ހުއްޓާލަންޖެހުނީ ޑްރެޖަރަށް މައްސަލަތަކެއް ދިމާވެގެން ކަމަށް އެމްޓީސީސީ ބުނެފައިވެއެވެ.
މަސައްކަތް މެދުކަނޑާލިއިރު ހިއްކާ ސަރަހައްދުގެ ބައުންޑް ވޯލް ޖަހައި, ވެލި އެޅުން ފިޔަވައި އެހެން މަސައްކަތްތައް ހުރީ ނިންމާލައިފައެވެ.
މިއަދު ވަނީ މަޝްރޫއުގެ މަސައްކަތްތައް އަލުން ފަށާފައެވެ.
މި މަޝްރޫއުގެ ދަށުން ހިރިލަންދުއަށް 25 ހެކްޓަރުގެ ބިން އިތުރުކުރާނެއެވެ.