ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާނުކޮށްފިއެވެ.
މިކަމަށް އެދޭ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ, ހިލާލީމަގު) ގައެވެ.
ވޯޓުލާ މަރުކަޒުތައް ތައްޔާރުކުރުމަށް ލިބޭނީ ސެޕްޓެމްބަރު 7 ވާ ުާބުރާސްފަތި ދުވަހުގެ 18:00 އިން ފެށިގެން 2023 8 ވާ ހުުކުރު ދުވަހުގެ 17:00 އާ ހަމައަށެވެ.
މިކަމާގުޅޭ މައުލޫމާތު ކަރުދާސް އީސީގެ އިއުލާނާއެކު ވަނީ ގެޒެޓްކޮށްފައެވެ.
ސެޕްޓެމްބަރު 09 ގައި އޮންނަ އިންތިޚާބުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާއިރު އޭގެތެރެއިން 175 ވޯޓު ފޮށި ބަަހައްޓާނީ މާލޭގައެވެ.