ރިޔާސީ އިންތިޚާބުގައި ބެހެއްޓުމަށް އިއުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން 30 ވޯޓު ފޮށްޓެއްގެ ވޯޓުލާ ސަރަހައްދު އަދި ވޯޓު ފޮށި ބަހައްޓާ ތަން އިސްލާހު ކުރެވިފައިވާތީ އިލެކްޝަންސް ކޮމިޝަނުން އެކަމާބެހޭ ތަފުސީލުތައް މިއަދު އާންމުކޮށްފިއެވެ.
އީސީން ހާމަކުރި ގޮތުގައި ސެޕްޓެމްބަރުގައިި އޮންނަ އިންތިޚާބުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެތެރެއިން 175 ވޯޓު ފޮށި ބަަހައްޓާނީ މާލޭގައެވެ. ރާއްޖެއިން ބޭރުގެ ފަސް ގައުމެއްގައި 8 ވޯޓު ފޮށި ބަހައްޓާނެއެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ 30 ވޯޓު ފޮށްޓެއްގެ ވޯޓުލާ ސަރަހައްދު އަދި ވޯޓު ފޮށި ބަހައްޓާ ތަން އިސްލާހު ކުރެވިފައިވާތީ އެ ފޮށިތަކުގެ ތަފްސީލު ހާމަކޮށްފައެވެ.
ވޯޓުފޮށި ބަހައްޓާ ރަށް/ތަން އަދި ވޯޓު ފޮށީގެ ނަމާއި ތަފްސީލް:
1.ހއ. ހޯރަފުށި، އާދަމް ސަލީމް ހަނދާނީ ޕްރީ ސްކޫލް ހޯލް (ކުރީގެ ޕްރީ ސްކޫލް)
ހއ. ހޯރަފުށި-3: މި ފޮށްޓަށް ވޯޓުލާނީ ހޯރަފުށީ ބަގީޗާމަގުގެ ދެކުނު ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި, ދ. އަތޮޅުން ފެށިގެން ގދ.އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ފުވައްމުލަކުސިޓީއާއި އައްޑޫ ސިޓީ އަދި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.
2.ހއ.ބާރަށް, ބާރަށު ޕްރީ ސްކޫލް, ކްލާސްރޫމް B
ހއ. ބާރަށް-2: މި ފޮށްޓަށް ވޯޓުލާނީ ބާރަށު ސިއްތިމާވާ ރަނިކިލޭގެފާނުމަގުގެ އުތުރުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.
3.ރ.މަޑުއްވަރި, މަޑުއްވަރީ ސްކޫލް ހޯލް އިމާރާތުގެ ތިރީ ފަންގިފިލާ
ރ.މަޑުއްވަރި-1: މި ފޮށްޓަށް ވޯޓުލާނީ މަޑުއްވަރީ އަމީނީމަގުގެ ހުޅަނގު ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.
4.ރ.މަޑުއްވަރި, މަޑުއްވަރީ އިރުވެލި މާލަމް
ރ.މަޑުއްވަރި-2: މި ފޮށްޓަށް ވޯޓުލާނީ މަޑުއްވަރީ އަމީނީމަގުގެ އިރުމަތީ ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.
5.ޅ.ނައިފަރު, މަދްރަސަތުލް އިފްތިތާޙް ޖަލާލުއްދީން މާލަމް ހޯލުގެ އުތުރު
ޅ.ނައިފަރު-1: މި ފޮށްޓަށް ވޯޓުލާނީ ނައިފަރު އިފްތިތާޙީ މަގުގެ އުތުރުން ޓިޔުލިޕްހިނގުމުން އުތުރަށް ގޮސް ރޯޝަނީގެއާ ހަމައިން ހުޅަނގަށް ވަށައިލެވޭ ސަރަޙައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި ނައިފަރު ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ މީހުންނެވެ.
6.ޅ.ނައިފަރު,މަދްރަސަތުލް އިފްތިތާޙް ޖަލާލުއްދީން މާލަމް ހޯލުގެ ދެކުނު
ޅ.ނައިފަރު-2: މި ފޮށްޓަށް ވޯޓުލާނީ ނައިފަރު ޖަލާލުއްދިން މަގުން ދެކުނުން ޓިޔުލިޕްހިނގުމުން ހުޅަނގަށް ގޮސް ވަށައިލެވޭ ސަރަޙައްދުގެ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި ދ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީ އަދި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.
7.ޅ.ނައިފަރު,މަލްޓިޕާޕަސް ބިލްޑިންގް
ޅ.ނައިފަރު-3: މި ފޮށްޓަށް ވޯޓުލާނީ ނައިފަރު އިފްތިތާޙީ މަގުން ދެކުނުން ޓިޔުލިޕް ހިގުމުން ހުޅަނގަށް ގޮސް ޖަލާލުއްދީން މަގާ ހަމަޔަށް ވަށާލެވޭ ގެތަކުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި، އިފްތިތާޙީ މަގުން ދެކުނުން ޓިޔުލިޕް ހިނގުމުން ހުޅަނގަށް ފިނިއުނިމާގެއާ ހިސާބުން ހުޅަނގަށް އެކަތައާ ހިސާބުން އުތުރަށް ވަށައިލެވިގެންގޮސް ތަރަހައާ ހަމައިން ހުޅަނގަށް ގޮސް ރޯޝަންގެއާ ހަމައިން ވަށާލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނެވެ.
8.ޅ.ނައިފަރު, ވިލާ ކޮލެޖް ނައިފަރު ކެމްޕަސް ހޯލް
ޅ. ނައިފަރު-4: މި ފޮށްޓަށް ވޯޓުލާނީ ނައިފަރު ޓިޔުލިޕް ހިނގުމުގެ އިރުން ކަނޑުފެންނަގެއިން ފެށިގެން ހުޅަނގަށް ހެޕީބީޗް އާ ހިސާބުން ވަށައިލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި، ޓިޔުލިޕް ހިނގުމުން ހުޅަނގަށް އުތުރުގެއާ ހިސާބުން އިރަށް ގޮސް ނޫކޮކާގެއާ ހިސާބުން ވަށައިލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ކުޅުދުއްފުށި ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.
9.ޅ.ނައިފަރު, މަދްރަސަތުލް އިފްތިތާޙްގެ ސީ ބްލޮކްގެ ކޮމްފިއުޓަރ ލެބް
ޅ. ނައިފަރު-5: މި ފޮށްޓަށް ވޯޓުލާނީ ނައިފަރު ޓިޔުލިޕް ހިނގުމުގެ އިރުން ވިނޯގެއާ ހިސާބުން އިރަށްގޮސް ހަބަރޭވިލާއާ ހަމައިން ދެކުނަށްގޮސް ވަށައިލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނެވެ.
10.އދ.ދިގުރަށް, ދިގުރަށު ސްކޫލުގެ ހޯލް
އދ. ދިގުރަށް-1: މި ފޮށްޓަށް ވޯޓުލާނީ ދިގުރަށު ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.
11.ފ.ނިލަންދޫ, ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރީސްކޫލް ކްލާސްރޫމް 1
ފ. ނިލަންދޫ-2: މި ފޮށްޓަށް ވޯޓުލާނީ ނިލަންދޫ ވެޔޮދަށުމަގުގެ ހުޅަނގުން މިރުސްމާހިނގުމުގެ ދެކުނުން ގަނޑުވަރުމަގުގެ ހުޅަނގު ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.
12.އައްޑޫ ސިޓީ ހިތަދޫ, ހިތަދޫ ސްކޫލް ހޯލްގެ މެދު
އައްޑޫ, ހިތަދޫ-2: މި ފޮށްޓަށް ވޯޓުލާނީ ޑޭޒީމަގުގެ އިރުން ފެށިގެން ވައިލެޓްމަގުން ދެކުނަށް ފިޔާތޮށިހިނގުމުން އިރަށް ގޮސް، ނިމޭ ސަރަޙައްދުގެ އުތުރުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި ހއ.އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ކުޅުދުއްފުށި ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.
13.އައްޑޫ ސިޓީ ހިތަދޫ, ނޫރާނީ ސްކޫލްގެ ކްލާސްރޫމް 3
އައްޑޫ, ހިތަދޫ-10: މި ފޮށްޓަށް ވޯޓުލާނީ ނަރުގިސްމަގުގެ އިރުން ފެށިގެން ހުޅަނގަށް, އައިމަލިމަގުން ދެކުނަށް, ފެންފިޔާޒު މަގުން އިރަށް ހަވީރީ މަގުން ދެކުނަށް, އާޒާދީ މަގުން އިރަށް ގޮސް ނިމޭ ސަރަހައްދުގެ އުތުރުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި ދ. އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީއާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި މާލެ ސިޓީގެ މީހުންނާއި އައްޑޫސިޓީ ހުޅުދޫ އަދި މީދޫ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.
14.އައްޑޫ ސިޓީ ހިތަދޫ, ޝަރަފުއްދީން ސްކޫލްގެ ޕްރައިމަރީ ވިންގް ކްލާސްރޫމް 1
އައްޑޫ, ހިތަދޫ-14:މި ފޮށްޓަށް ވޯޓުލާނީ ގެދަރިހިނގުމުގެ ދެކުނުން ފެށިގެން ހަތްމިސްކިތް މަގުން އިރަށް, ރަސްގެދަރި މަގުން އުތުރަށް, އަމީނީމަގުން ހުޅަނގަށް, އައިމަލިމަގުން އުތުރަށް, ލިލީމަގުން ހުޅަނގަށް, އެޅެދީދީމަގުން ދެކުނަށް, ނާޒުކީހިނގުމުން ހުޅަނގަށް, ނަސީރީމަގުން ދެކުނަށް; ކަށިނަރި ހިނގުމުން ގޮސް ނިމޭ ސަރަހައްދުގެ އުތުރުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.
15.މާލެ, އާ ދަރުމަވަންތަ ސްކޫލް ދެކުނު އިމާރާތު ލައިބްރަރީގެ ހުޅަނގު ފަރާތު
މާލޭ ރައްޔިތުން – 5: މި ފޮށްޓަށް ވޯޓުލާނީ މާލޭގެ ދަފްތަރު, ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.
16:މާލެ, ސޯޝަލް ސެންޓަރު ހަރުގެ
ނ. އަތޮޅު, މާލެ-1: މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ނ. ހެނބަދޫ, ނ. ކެނދިކުޅުދޫ, ނ. މާޅެންދޫ, ނ. ކުޑަފަރި މި 4 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.
17: މާލެ, އާ ދަރުމަވަންތަ ސްކޫލް ދެކުނު އިމާރާތު ލައިބްރަރީގެ އިރުމަތި ފަރާތު
ރ. އަތޮޅު, މާލެ-4: މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ރ. ދުވާފަރު ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.
18: މާލެ, އިސްކަންދަރު ސްކޫލު ހޯލުގެ މެދު
މ.އަތޮޅު, މާލެ-2: މިފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި މ. މުލައް, ނާލާފުށި, ކޮޅުފުށި މި 3 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ.
19:މާލެ, ކަލާފާނު ސްކޫލްގެ ކްލާސް 4C
އައްޑޫ ސިޓީ, މާލެ-1: މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ހުޅުދޫ ރައްޔިތުންގެ ތެރެއިން ހުޅުދޫ ތުނޑިޔާމަގުގެ ދެކުނުގައިވާ ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.
20: މާލެ, ކަލާފާނު ސްކޫލްގެ ކްލާސް 1D
އައްޑޫ ސިޓީ, މާލެ-2: މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ހުޅުދޫ ރައްޔިތުންގެ ތެރެއިން ހުޅުދޫ ތުނޑިޔާމަގުގެ އުތުރުގައިވާ ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.
21: މާލެ, އާ ދަރުމަވަންތަ ސްކޫލް ދެކުނު އިމާރާތު ކްލާސް ރޫމް 7A
އައްޑޫ ސިޓީ, މާލެ-5: މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑޫ ސިޓީ މަރަދޫ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.
22.މާލެ, އާ ދަރުމަވަންތަ ސްކޫލް ދެކުނު އިމާރާތު ކްލާސް ރޫމް 7B
އައްޑޫ ސިޓީ, މާލެ-6: މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑޫ ސިޓީގެ ހިތަދޫގެ ނިކަގަސް ގޯޅިން އިރަށް, ނިކަގަސްމަގުން އުތުރަށް, ޒިޔާރަތް މަގުން އިރަށް, އެޅިދީދީ މަގުން ދެކުނަށް, ފެއަރލިން ހިނގުމުން އިރަށް, ފިޔާތޮށިމަގުން އުތުރަށް ޒިޔާރަތް މަގުން އިރަށް ގޮސް ޝަމްސުއްދީން ބޮޑުތަކުރުފާނު މަގާ ގުޅޭ ސަރަޙައްދުގެ އުތުރުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.
23:މާލެ, އާ ދަރުމަވަންތަ ސްކޫލް ދެކުނު އިމާރާތު 1 ވަނަ ފަންގިފިލާ ކްލާސް ރޫމް 8A
އައްޑޫ ސިޓީ, މާލެ-7: މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑޫ ސިޓީގެ ހިތަދޫގެ ޒިޔާރަތްމަގާއި ޝަމްސުއްދީން ބޮޑުތަކުރުފާނުމަގާއި ގުޅޭ ނުކުތާއިން ޝަމްސުއްދީން ބޮޑުތަކުރުފާނު މަގުން ދެކުނަށް, އާޒާދީމަގުން ހުޅަނގަށް, ހަވީރީމަގުން އުތުރަށް, ފެންފިޔާޒުމަގުން ހުޅަނގަށް ގޮސް ހޭޅި ސަރަހއްދުން އުތުރަށް, ނިކަގަސް ގޯޅިން އިރަށް, ނިކަގަސްމަގުން އުތުރަށް, ޒިޔާރަތްމަގުން އިރަށް, އެޅިދީދީމަގުން ދެކުނަށް, ފެއަރލިން ހިނގުމުން އިރަށް, ފިޔާތޮށިމަގުން އުތުރަށް, ޒިޔާރަތްމަގުން އިރަށް ގޮސް ޝަމްސުއްދީން ބޮޑުތަކުރުފާނުމަގާ ގުޅޭނުކުތާއިން ވަށާލެވޭ ސަރަހައްދުގައިވާ ރަޖިސްޓަރީގައިވާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.
24.މާލެ, އާ ދަރުމަވަންތަ ސްކޫލް ދެކުނު އިމާރާތު 1 ވަނަ ފަންގިފިލާ ކްލާސް ރޫމް 8B
އައްޑޫ ސިޓީ, މާލެ-8: މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑޫ ސިޓީ ހިތަދޫ ފެންފިޔާޒު މަގުގެ ހުޅަނގުން ފެށިގެން (ހުޅަނގު ފަރާތު ހޭޅިން ފެށިގެން) އިރަށް، ހަވީރީ މަގުން ދެކުނަށް, އާޒާދީ މަގުން އިރަށް ގޮސް ޝަމްސުއްދީން ބޮޑުތަކުރުފާނު މަގާ ގުޅޭ ސަރަޙައްދުގެ ދެކުނުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންގެ ތެރެއިން، މި ފޮށްޓަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.
25: މާލެ, އާ ދަރުމަވަންތަ ސްކޫލް ދެކުނު އިމާރާތު 1 ވަނަ ފަންގިފިލާ ކްލާސް ރޫމް 8C
އައްޑޫ ސިޓީ, މާލެ-9: މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑޫ ސިޓީ މީދޫ, މަރަދޫފޭދޫ މި 2 އަވަށުގެ ރަޖިސްޓަރީގައިވާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.
26: މެލޭޝިއާ, ދިވެހިރާއްޖޭގެ ހައި ކޮމިޝަން, އައިކަން ޓަވަރ, ލެވަލް 11, ޔުނިޓް E-11-01, ޖަލަން ޓުން ރަޒަކް, ކުއަލަލަމްޕޫރް 50400, މެލޭޝިއާ
މެލޭޝިއާ / ކުއަލަލަމްޕޫރް – 3: މި ފޮށްޓަށް ވޯޓުލާނީ މެލޭޝިއާގައި ދިރިއުޅޭ ދިރިއުޅޭ މާލޭ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ފިޔަވައި މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ.
27:އެމްބަސީ އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
ވިލާ ނަމްބަރ. 182
އާމިނާ ބިންތު ވައްހާބް ސްޓްރީޓް
އަބޫދާބީ, ޕީ.އޯ. ބޮކްސް 114690
ޔުނައިޓެޑް އެރެބް އެމިރޭޓްސް
އެކުވެރި ޢަރަބި ޢިމާރާތް/އަބޫ ދާބީ – 1: މި ފޮށްޓަށް ވޯޓުލާނީ އެކުވެރި ޢަރަބި ޢިމާރާތުގެ އަބޫދާބީގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ.
28:ޝެވަލް ބްލޯންކް ރަންދެލި, އެމްބެސެޑާރ ރެކްރިއޭޝަން ރޫމް
ޝެވަލް ބްލޯންކް ރަންދެލި (ރަންދެލި): މި ފޮށްޓަށް ވޯޓުލާނީ ޝެވަލް ބްލޯންކް ރަންދެލީގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.
29:ކުރަމަތި މޯލްޑިވްސް, ކޭ ކްލަބް (ޓީމް މެމްބަރސް ރެކްރިއޭޝަން ހޯލް)
ކުރަމަތި މޯލްޑިވްސް (އއ. ކުރަމަތި): މި ފޮށްޓަށް ވޯޓުލާނީ ކުރަމަތި މޯލްޑިވްސްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.
30:ލަކްސް ސައުތު އަރިއެޓޯލް މޯލްޑިވްސް, 3Ls ސްޓީމް ބާރ
ލަކްސް ސައުތު އަރިއެޓޯލް, މޯލްޑިވްސް (އދ.ދިއްދޫފިނޮޅު): މި ފޮށްޓަށް ވޯޓުލާނީ ލަކްސް ސައުތު އަރިއެޓޯލް މޯލްޑިވްސްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.