މަގުމަތީގައި ވީއްލިގެން އުޅޭ މީހުންނަށް ދިރިއުޅޭނެ ގޮތެއް ހޯދައިދޭން ޖެހޭ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރުގައި އެކަން އެ މަނިކުފާނު ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު މާޅޮހަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން އުކުޅަހު ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތެއް ބޭނުންވަނީ ހަމަޖެހޭ މުޖުތަމައެއްގައި އުފާވެރި ދިރިއުޅުމެއް އުޅެން ކަމަށެވެ.
އަދި ފާއިތުވި ފަސް އަހަރު އެކަމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއީ އެންމެ ކުށް މަދު ފަސް އަހަރު ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
ހަމައެހެންމެ އެކަން އެގޮތަށް ވަނީ ވެރިކަމުގެ ތިބޭ މީހުންނާއި ސިޔާސީ މީހުންނާ އޮންނަ ގުޅުމެއްގެ ސަބަބުން ކަމަށާއި ވެރިކަމުގައި ތިބޭ ބައެއްގެ ސަބަބުން އެމީހުންނަށް ބާރު ލިބޭ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މަގުމަތީގައި ވީއްލިގެން އުޅޭ މީހުންނަށް ދިރިއުޅޭނެ ގޮތެއް ހޯދައިދޭން ޖެހޭ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރުގައި އެކަން އެ މަނިކުފާނު ދައްކަވައިދެއްވާނެ ކަމަށެވެ.
މިގޮތުން އެކަމަށް ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.
އެއްވެސް ވެރިކަމަކީ މަސްތުވާތަކެތި ގެ އަވާގާ ޖެހިމަގުމަތި ވެފާތިބި ނިކަމެތި މައިން ގެ ދަރިން އެކަންތަކުން ސަލާމަތް ކުރަން އެއްވެސް ކަމެއްކުރެވޭ ބައެއްނޫ މިމަންމަ 1 އަހަރުވީ ދަރިފުޅު ރިހަބައް ފޮނުވަން ފޯމު ލީފަހު ފެން ކޯޗެއް ކިޔާކަށް