އއ. އުކުޅަހުގައި ގެސްޓުންނަށް ހާއްސަ ބީޗަކާއި ޕިކްނިކް އައިލެންޑެއް ތަރައްޤީކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު މާޅޮހަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ މާޅޮހަށް ގިނަ ވައުދުތަކެއް ވެސް ވެވަޑައިގެންފައެވެ.
އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އުކުޅަހުގައި ރޯހައުސް ހެދުމާއި ޒަމާނީ ބޮޑު ހުކުރު މިސްކިތެއް ތަރައްޤީކުރުން ހިމެނެއެވެ.
އަދި ޕިކްނިކް އައިލެންޑަކާއި ހޭންޑްބޯލް ކޯޓަކާއި ވޮލީ ކޯޓަކާއި ގެސްޓުންނަށް ހާއްސަ ބީޗެއް އުކުޅަހުގައި ތަރައްޤީ ކުރުމަށް ވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.
ހަމައެހެންމެ އުކުޅަހުގައި އިތުރު އައިސްޕްލާންޓެއް ބެހެއްޓުމަށް ވެސް ރައީސް ވަނީ ވައުދުވެ ވަޑައިގެންފައެވެ.
މީގެ އިތުރުން އުކުޅަހު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތެއް ބޭނުންވަނީ ހަމަޖެހޭ މުޖުތަމައެއްގައި އުފާވެރި ދިރިއުޅުމެއް އުޅެން ކަމަށެވެ.
މިގޮތުން ފާއިތުވި ފަސް އަހަރު އެކަމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއީ އެންމެ ކުށް މަދު ފަސް އަހަރު ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ. އަދި އެކަން އެގޮތަށް ވަނީ ވެރިކަމުގެ ތިބޭ މީހުންނާއި ސިޔާސީ މީހުންނާ އޮންނަ ގުޅުމެއްގެ ސަބަބުން ކަމަށާއި ވެރިކަމުގައި ތިބޭ ބައެއްގެ ސަބަބުން އެމީހުންނަށް ބާރު ލިބޭ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ. އެމަނިކުފާނު ވިދާޅުވިއެވެ