ކުޅުދުށްފުށީ ރައްޔިތުންގެ ޒަމީރު އެހާ އަވަހަށް ގުޑައިދާނެ ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައްޔިތުުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއެކު ބޮޑުތިލަދުންމައްޗަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި ކުޅުދުށްފުށްޓަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާޠަބު ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
”ކުޅުދުށްފުށްޓަކީ އަބަދުވެސް ގަދަ މީހުން ތިބޭ ރަށެއްކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑަށް އެނގޭ ކުޅުދުށްފުށީ ކައުންސިލަށް އެކަންޏެއް ނޫން ގަދަކޮށް އޮންނާނީ. ކުޅުދުށްފުށީގައި އަބަދުވެސް ގަދަކޮށް ތިބޭނީ މި ރަށުގެ ރައްޔިތުން.“ ވާހަކަފުޅު ފަށްޓަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިި މިވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފާއި ކުޅުދުށްފުށީ ސިޓީ ކައުންސިލުގެ މޭޔަރާއި މެންބަރުން ދަ ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައިވާތީ އެކަމަށް އިޝާރަތް ކުރައްވައެވެ.
ރައީސް ނަޝީދު ވިދާޅުވީ ކުޅުދުށްފުށީގެ ރައްޔިތުންގެ ތަރައްގީގެ ލަނޑުދަނޑިތަކެއް އޮންނާނެ ކަމަށާއި ރައްޔިތުން މަސައްކަތް ކުރައްވަމުން ގެންދަނީ އެ ތަސައްވަރު ހަގީގަތަކަށް ހެދުމަށް ކަމަށެވެ.
”އަޅުގަނޑު ދެކޭ ގޮތުގައި ކުޅުދުށްފުށީގެ އެއްވެސް ރައްޔިތެއް ނޭދޭ އެމީހުން ބަޔަކަށްދޭ ލާރިން އެއީ ވިޔަފާރީގެ މުއާމަލާތެއްގެ ގޮތުގައި ހަދައި އޭގެން ތިން ހަތަރު މީހަކަށް އެތައް ބިލިއަން ރުފިޔާ ލިބޭނޭ ގޮތަށް ކަންކަންވެގެންދާކަށް. ލިބޭ އެއްޗެއް ލިބޭން މި ޖެހެނީ ހުރިހާ ރައްޔިތުންނަށް.“
”އަޅުގަނޑު ނުދެކެން ކުޅުދުށްފުށީ ރައްޔިތުންގެ ޒަމީރު މިހާ އަވަހަށް ގުޑައިދާނެ ކަމަކަށް.“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ކަލޯ ވެރިކަމަށް އައިގޮތަށް ހިރިހާއަތޮޅއޮފީސްތަކުގެ ތިޖޫރީ ހިރިލާރިތަށް މާލެގެންދަން އަމުރުކޮށް އެތަކެތި ވެއްކޮންތާކަށް ?
ބަލަމިރަށު އެކަނިންވެސް 19ލަށްކައަށްވުރެގިނަރުފިޔާ ގެންދިޔައީމެއްނު?
އަނގަތިއަރުވަނީ????