އދ. އެއްލައިދޫ ރިސޯޓްގައި ލަންކާ 2 މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެ ރިސޯޓުގެ ކައްކާ މަރާލި މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
އެ މައްސަލައިގައި މަރުވެފައި ވަނީ ސްރީލަންކާއަށް ނިސްބަތްވާ ޕަތުމް ދިލްޝަން ޑި ސިލްވާ އަގަމްޕޮޑިއެވެ.
އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ސްރިލަންކާ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއަރޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ.
ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލު ކުރި ނަމަވެސް އަޑުއެހުން ކެންސަލްކޮށްފައި ވަނީ ތަރުޖަމާނަކު ނެތުމުގެ ސަބަބުންނެވެ.