އއ.ބޮޑުފުޅަދޫ ކައުންސިލުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެއެވެ.
އެމްޑީޕީއަށް ބޮޑުފުޅަދޫ ކައުންސިލުގެ މެޖޯރިޓީ ލިބުނީ އެ ކައުންސިލުގެ ރައީސް ޝުޖާއު އާދަމާއި ކައުންސިލު މެންބަރު މުޙައްމަދު ނާޝިދު އެ ޕާޓީއަށް ސޮއިކުރެއްވުމާ ގުޅިގެންނެވެ.
އެ ދެބޭފުޅުން އެމްޑީޕީއަށް ސޮއިކުރައްވައި މިއަދު ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަތްޕުޅަށް މެމްބަރޝިޕް ފޯމު އަރުވައިފައެވެ.
ޝުޖާއުއަކީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައި ބޮޑުފުޅަދޫ ކައުންސިލުގެ ގޮނޑި ކަށަވަރުކުރެއްވި ބޭފުޅެކެވެ. ނާޝިދު އެ ކައުންސިލަށް އިންތިޚާބުވީ އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ.