އައްޑޫ ސިޓީން ދޫކުރާ ގޯތިތައް ލިބޭ މީހުންގެ ލިސްޓް މާދަމާ އިއުލާނުކުރާނެ ކަމަށް އެ ސިޓީގެ މޭޔަރު ޢަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީން ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހިތަދުއާއި މީދުއާއި، ފޭދުއާއި، ހުޅުދޫންނެވެ.
ހިތަދޫން ދޫކުރަން ހަމަޖެހިފައިވަނީ 500 ގޯއްޗެވެ. މީދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓްގެ 100 ގޯއްޗެވެ. ފޭދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓްގެ 300 ގޯއްޗެވެ. ހުޅުދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓްގެ 100 ގޯއްޗެވެ.
ނިޒާރު ވިދާޅުވީ އައްޑޫ ސިޓީން ގޯއްޗަށް އެދިފައިވާ ފަރާތް ތަކުގެ ތެރެެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތް ތަކަށް ގޯތިދޭން ކައުންސިލް ނިންމާފައިވާ ކަމަށެވެ.
ގޯއްޗަށް އެދި ހުށަހެޅި 4160 މީހުންގެ ތެރެއިން 3972 މީހެއްގެ ޝަރުތުހަމަވެއެވެ.
ފުރަތަމަ ފަހަރަށް ކައިވެނި ނުކޮށް ތިބިކަމުގައި ވިޔަސް ޒުވާނުންނަށް ގޯތިދޭން ކައުންސިލްއިން ނިންމާފައިވާ ކަމަށާއި މާދަން ލިސްޓް އިއުލާން ކުރެވޭނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.