ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަކީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ދަރިވަރެއް ކަމަށާއި އެގޮތުން މުޢިއްޒަކީ ވައުދުވެ އެ ވައުުދު ފުއްދަވާނެ ބޭފުޅެއްކަމަށް ތ.ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ފަރެސްމާތޮޑާގައި ބޭއްވި މުޢިއްޒުގެ ކެމްޕޭން ޖަލްސާގައި ޣައްސާން ވިދާޅުވީ މުޢިއްޒަކީ ރައީސް ޔާމީން ދެއްކެވި ކެންޑިޑޭޓް ކަމަށާއި މުޢިއްޒަކީ ރައީސް ޔާމީންގެ ދަރިވަރެއް ކަމަށެވެ. އެހެންކަމުން މުޢިއްޒުގެ ތައާރަފެއް ބޭނުންނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ މުޢިއްޒު ވައުުދެއްވެވަޑައިގެންފައި އެ ވައުދެއް ފުއްދަވާނެ ކަމަށެވެ.
މުޢިއްޒު ނުކުމެވަޑައިގެންނެވީ ރައީސް ޔާމީންގެ ފުރިހަމަ ތާއީދާއެކުކަން ފާހަގަކުރައްވަމުން ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން ވިދާޅުވީ ރައީސް ޔާމީން އެދިވަޑައިގަންނަވަނީ މުޢިއްޒު އިންތިޚާބުކޮށްދިނުމަށް ކަމަށެވެ.