ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލުގައި ހުންނަވާތީ ކަންބޮޑުވެވަޑައިގަންނަވާކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް އއ.ރަސްދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ކިތަންމެ ޚިޔާލުތަފާތު ބޭފުޅަކާމެދު ވެސް ޝަރީއަތުން ގޮތް ނިންމަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި މިދިޔަ ފަސް އަހަރު ތެރޭ ފެނިގެންދިޔައީ މިނިވަންކަމާއެކު ޝަރުއީ ނިޒާމު ހިނގަމުން އައި ތަން ކަމަށެވެ. މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ޖަލުގައި ހުންނަވަންޖެހޭ ޖެހުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި ނަމަވެސް ގޮތެއް ނިންމުމުގެ ބާރަކީ އެމަނިކުފާނުގެ އަތްޕުޅުގައި އޮތް ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
”ޔާމީން ޖަލުގައި އިންނަވަންޖެހޭ ޖެހުން އަޅުގަނޑުމެން އެންމެން ވެސް ކަންބޮޑުވޭ.“
ރައީސް ވިދާޅުވީ އެމަނިކުފާނަށް ކަމެއް ކޮށްދެވެން އޮންނަނީ ޝަރީއަތް ނިމުމުން ގާނޫނީ އިމުގެތެރެއިން ކަމަށާއި ޝަރުއީ ދާއިރާއަށް އަތްބާނައިގެން އެކަމަށް ނުފޫޒު ފޯރުވުމަށް މަޖުބޫރު ނުކުރުމަށް އެދިވަޑައިިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
Thi dhakkavaa evves vaahakaeh gaboolu nukurevey raees Iburaahim dhera nuvaane Kan yageen furathama verikamah annanvegen raiyyathunah vee vaudhakee ves RY dhigumudhdhathakah jalah laanekamah, Hama kanthah kureeves mi beedhain, verikamah erumaa eku RY Jalah laifi evaudhu noonee nufudhdhun, Kobaitho 100 dhuvas thereygaa Riluvaanah hoadhaidhin insaafu?
ކޮންމެވެސް އެހެން އެއްޗެކޭ ކިނަމަ ރަގޅުވިސް.
ނުފުއްދޭ ވަޢުދެއްވީނަމަ ރައްޔިތުން ޤަބޫލުކުރިސް.
ރައީސަށް އޮންނަ ބާރެ އެއީ ގޭގައި ބެހެއްޓުންވެސް މަޢާފް ދިނުންވެސް ދޮގު ހެދުން ނޫން ނަމެއް ނުކުރާތީ.
އަޅުގަޑުމެން ެސްދެރަވޭ ތިބޭފުޅުންނިޔަދުރުހެން.ސިފަޔާ ވާހަކަބަދަލުވެ މުނާފިގުވަންތަރަށް ވާހަކަވެސް މުނާފިގުވާތި ވ ވ ވ ދެރަވެ