ހަތަރު ސިޔާސީ ޕާޓީއެއްގައި މެންބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ހުށަހަޅާފައިވާ ފޯމުތައް ދަފްތަރު ކުރުމުގެ ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފޯމުގައިވާ މައުލޫމާތުގެ ތެރެއިން އެ ފަރާތެއްގެ ފުރިހަމަ ނަމާއި އައިޑީ ކާޑުގެ ފަހު ތިން އަދަދާއި ދަފްތަރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޕާޓީގެ ނަން ހިމެނޭ ގޮތަށް ޝަކުވާއަށް ހުޅުވައިލަނީ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ލިސްޓުގައި ވަނީ އެމްޑީޕީން ހުށަހަޅާފައިވާ 91 ފޯމާއި އެމްއެންޕީން ހުށަހަޅާފައިވާ 71 ފޯމާއި ދަ ޑިމޮކްރެޓްސްއިން ހުށަހަޅާފައިވާ 190 ފޯމާއި ޕީޕީއެމްއިން ހުށަހަޅާފައިވާ 40 ފޯމާބެހޭ މައުލޫމާތެވެ.
އެ ލިސްޓަށް ޝަކުވާއެއްވާނަމަ ޝަކުވާ ހުށައަޅާ ފޯމު މެދުވެރިކޮށް މި މަހުގެ 20 ވަނަ ދުވަހުގެ 15:00 ގެ ކުރިން ފޯމު ހުށަހެޅުމަށް އީސީން ވަނީ އެދިފައެވެ.
މިހާރު ރަޖިސްޓަރީވެފައިވާ ޕާޓީގެ މައުލޫމާތު (PPR space ID-Number Send to 1414 ) އެސްއެމްއެސް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ.