ރާއްޖޭގައި ފަށާ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ ލެޝާ އެއާރލައިން ބިއޯންޑަށް ކޮންޓިނުއިން އެއާވާތިނެސް މެނޭޖްމަންޓް އޯގަނައިޒޭޝަން އެޕްރޫވަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދީފިއެވެ.
ސިވިލް އޭވިއޭޝަނުން މި ހުއްދަ ބިއޯންޑް އެއާރލައިންއަށް ދީފައި ވަނީ ވަރަށް ތަފުސީލީ އޮޑިޓެއް ހެދުމަށް ފަހުގައެވެ.
ސިވިލް އޭވިއޭޝަނުން ބިއޯންޑަށް ސީއޭއެމްއޯ އެޕްރޫވަލް ދީފައިވާ އިރު މިދިޔަ ހޯމަ ދުވަހު އެއާބަސް އޭ-319ގެ މަތިންދާބޯޓެއް ބޭނުންކޮށްގެން އެ އެއާރލައިންގެ ޓެސްޓް ފުލައިޓް ކާމިޔާބު ކަމާއެކު އައްޑޫ ގަން އެއާރޕޯޓަށް ވަނީ ކޮށްފައެވެ.
ސިމްޑީ ގްރޫޕާއި އަރަބިސްކުއެސްޓް ގުޅިގެން ރާއްޖޭގައި ފަށާ ބިއޯންޑުގެ ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ އެއަރބަސް އޭ 320 ނިއޯ މަރުކާގެ ބޯޓުތަކެވެ.
ޔޫރަޕާއި އޭޝިޔާގެ އިތުރުން މެދުއިރުމަތީގެ ޤައުމުތައް ހިމެނޭހެން ދުނިޔޭގެ 60 މަންޒިލަކަށް ދަތުރުކުރުމަށް މި އެއާރލައިނުން ވަނީ ނިންމާފައެވެ.