ބޮލީވުޑްގެ ބަތަކް އަކްޝޭ ކުމާރު އިންޑިއާގެ ރައްޔިތަކަށް ވެފައިވާ ކަމަށް އޭނާ ހާމަކޮށްފިއެވެ.
އެގޮތުން އަކްޝޭވަނީ އޭނާގެ ޓުވިޓާ އެކައުންޓުގައި އިންޑިއާ ރައްޔިތަކަށް ވެފައިވާކަމުގެ ޑޮކިއުމެންޓްސްއާއި އެކު އޭނާއަކީ އިންޑިއާގެ ރައްޔިތެއްކަން ހާމަކޮށްފައެވެ.
މީގެ ކުރިން ކެނެޑާ ޕާސްޕޯޓެއް އޮތް ނަމަވެސް އަކްޝޭ ވަނީ އޭރުވެސް އޭނާ ވަރަށް އަވަހަށް އިންޑިއާ ޕާސްޕޯޓަކަށް ލާނެ ކަމަށް ހާމަކޮށްފައެވެ. އަކްޝޭ ހާމަކޮށްފައިވާ ގޮތުގައި އޭނާ އަތުގައި ކެނެޑާގެ ޕާސްޕޯޓެއް އޮތް ނަމަވެސް އޭނާ އަކީ އިންޑިއާ ރައްޔިތެއް ކަމަށް ހާމަކޮށްފައެވެ.
އަދި ދުވަހަކުވެސް އިންޑިއާ ދޫކޮށް ކެނެޑާއަށް ދާން ބޭނުންނުވާ ކަމަށް ވެސް އަކްޝޭ ވަނީ ހާމަކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރުގައި އަކްޝޭ އިންޑިއާ ރައްޔިތަކަށް ވުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް ކޯވިޑްގެ ސަބަބުން ލަސްވެފައިވާ ކަންވެސް އޭނާ ވަނީ ހާމަކޮށްފައެވެ.