ރީތި ބައްޓަމަށް ހަށިގަނޑު ބަހައްޓަން ބޭނުންވާނަމަ އެކަން ކުރެވޭނެ ކަމަށް ބަތަލާ ޝިލްޕާ ޝެޓީ ހާމަކޮށްފިއެވެ.
ޝިލްޕާ ހާމަކޮށްފައިވާ ގޮތުގައި ކޮންމެ މީހަކަށް ވެސް މަސައްކަތް ކުރުމުން ހަށިގަނޑު ރީތި ބައްޓަމެއްގައި ބެހެއްޓޭނެ ކަމަށާއި ނަމަވެސް ގިނަ މީހުން އެކަން ކުރަން ބޭނުންވި ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަން ޝިލްޕާ ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން އެންމެން ފަލަވާ ވާހަކަ ދައްކާއިރު ކަސްރަތު ކުރުމަށް ވަގުތު ހުސްނުކުރާ ކަމަށާއި އަދި ކެއުމުގައި ވެސް މާބޮޑު ސަމާލު ކަމެއް ނުދޭ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. ކޮންމެ މީހެއްވެސް ހިތްވަރުކޮށްފައި ރަނގަޅު ކާއެއްޗެހި ކައި ކޮންމެ ދުވަހަކުވެސް ކަސްރަތު ކުރަން ފެށުމުން ހަށިގަނޑަށް ބަދަލު އަންނާނެ ކަން އޭނާ ވަނީ ހާމަކޮށްފައެވެ.
ރީތިކޮށް ހަށިގަނޑު ބެހެއްޓުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ޖަންކްފުޑް ކާހިތްވި ނަމަވެސް ހިތްވަރުކޮށްފައި ނުކައި އޭގެ ބަދަލުގައި މޭވާ އެއް ނުވަތަ ތަރުކާރީއެއް ކެއުމަށް ޝިލްޕާ ވަނީ އެދިފައެވެ.