ސައޫދީ އަރަބިއްޔާގައި މިލިޔަނަކަށްވުރެ މަނާ ގުޅަ ބޭސް ގެންގުޅުނު 2 މީހަކު ހައްޔަރުކޮށްފިއެވެ.
ސައޫދީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި
ހައްޔަރުކޮށްފައި ވަނީ އުރުދުންއަށް ނިސްބަތްވާ މީހަކާއި ސޫރިޔާއަށް ނިސްބަތްވާ މީހެއް ކަމަށާއި އެ 2 މީހުންގެ އަތުން ހޯދާފައި ވަނީ ސައޫދީގައި މަނާ ބޭހެއް ކަމުގައިވާ އެމްފެޓަމިން ގުޅަތަކެކެވެ.
ހޯދި ބޭސްގުޅަތަކުގެ އަދަދު 1.3 މިލިޔަނަށްވުރެ ގިނަ ކަމަށް ރިޕޯޓްކޮށްފައެވެ.
އެ 2 މީހުން އެ ބޭސްތައް ފޮރުވައިގެން ގެންގުޅުނީ އިލެކްޓްރިކަލް މެޝިންތަކެއްގެ ތެރޭގައެވެ. އެތަކެތި އަތުލައިގަނެ 2 މީހުންގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.