ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަޠީފް އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފިއެވެ.
ޔާސިރަކީ ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް އެމްޑީޕީން ފުރަތަމަ ވަކިވެވަޑައިގެންނެވި މަޖިލިސް މެންބަރުންގެ ތެރޭގައިި ހިމެނިވަޑައިިގަންނަވާާ ބޭފުޅެކެވެ.
އޭގެކުރިން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް އޭނާ ތާއީދުކުރެއްވީ ރައީސް މުޙައްމަދު ނަޝީދަށެވެ.
ޔާސިރު ޑިމޮކްރެޓްސްއިން ވަކިވެވަޑައިގެންނެވި ސަބަބެއް ސާފެއް ނޫނެވެ.
އޭނާ ޑިމޮކްރެޓްސްއިން ވަކިވެވަޑައިގެންފައި މިވަނީ އެ ޕާޓީގެ ހަރަކާތްތަކާ ދުރުގައި ދުވަސްތަކެއް ވަންދެން ހުންނެވުމަށްފަހުއެވެ.