ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޙަމަދު ޢަބްދުލްޣަނީ އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
ޙަމަދު މިއަދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ލިބިވަޑައިގަތުމަކީ ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ.
އަދި ރައީސް ޞާލިޙާއި އެމަނިކުފާނުގެ ރަނިންގމޭޓް މުޙައްމަދު އަސްލަމަކީ އިންތިޚާބު ކާމިޔާބު ކުރެއްވޭވަރުގެ ދެބޭފުޅުން ކަމަށް ޙަމަދު ވިދާޅުވިއެވެ.
ޙަމަދު މީގެކުރިން ހުންނެވީ ޖޭޕީގައެވެ. ރައީސް ޞާލިޙަށް ތާއީދުނުކޮށް ޖޭޕީން ވަކިން އިންތިިޚާބަށް ނުކުންނަން ނިންމުމުން އެ ޕާޓީގެ ގިނަ ބޭފުޅުންތަކެއް ވަނީ ޕާޓީން ވަކިވެ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.