އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ދިނަސް މަތިމައްޗަށް ކަޑަ ޖެހުން ނޫންކަމެއް ނުކުރެއްވޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށުު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.
ސަޢީދު މިހެން ވިދާޅުވީ ހއ.އުތީމުގައި ހިންގަން ސަރުކާރުން ވައުދުވި ގިނަ މަޝްރޫއުތައް އަދިވެސް ފެށިފައިނުވާތީ އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ސަޢީދު ވިދާޅުވީ ކުދި ރަށްރަށުގައި ހިންގަން ވައުދުވި ގިނަ މަޝްރޫއުތައް ހުރީ ކަޑަޖެހި ގޮތަށް ހުއްޓިފައި ކަމަށާއި ދެން އަންނަ ދައުރެއް ލިބުނަސް ކަންކަން ހުންނާނީ މިގޮތަށް ކަމަށެވެ.
”ކުދި ރަށްރަށުގެ ގިނަކަންކަން ހުރީ ކަޑަ ޖެހި ގޮތަށް ގަލުއަޅާފަ. ތިންހަތަރު ކޮންޓްރެކްޓަރުން ބަދަލުވާއިރު ހަވާލުވާ ކުންފުނި ފައިސާ ނުލިބި. 2 ވަނަ ދައުރެއް ދިނަސް ޖަހާނީ މަތިމައްޗަށް ކަޑަ.“
މި ސަރުކާރުގެ ސިޔާސަތަކީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ތަރައްގީ ގެނެސްދިނުމެވެ. ރައީސް ޞާލިޙް ވިދާޅުވި ގޮތުން ވައުުދުތަކުގެ ބޮޑު އިންސައްތައެއް މިހާރު ވަނީ ފުރިހަމަ ކުރެވިފައެވެ.
މަތިމައްޗަށް ކަޑަ ޖެހި މީހާ އެޔޮތީ ކުޑަ ގޮޅީގަ އޭ