މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފެއިލް ކޮށްލުމަށް އެންމެ އިސް ދައުރެއް އަދާކުރަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަމަށް ޑރ.މުޙައްމަދު އިޔާޟް ވިދާޅުވެއްޖެއެވެ.
އިޔާޟް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އެމްޑީޕީއާއި އަދާލަތު ޕާޓީ ޓެގް ކުރައްވައި އިޔާޟް ކުރެއްވި ޓުވީޓުގައިި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙް ފެއިލް ކޮށްލުމަށް އެންމެ އިސް ދައުރެއް އަދާކުރާ ބަޔަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަން ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އިޔާޟް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ފެއިލްކޮށްލަން މަސައްކަތް ކުރަނީ އެޑިއުކޭޝަނުން ކަމަށް އިޔާޟް ވިދާޅުވި ނަމަވެސް ފެއިލްކޮށްލުމަށް ކުރަނީ ކޮން ކަންތައްތަކެއް ކަމެއް އޭނާ ފާހަގައެއް ނުކުރައްވައެވެ.
ޑޮކްޓރ ޢިޔާޟަކީވެސް އެކަމުގެ ޙިއްޞާ އެއް ޙައްޤވާ ބޭފުޅެއް