އއ.މަތިވެރި ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 142,998,490.80 ރުފިޔާއަށް 390 ދުވަހުގެ ތެރޭ ނިންމުމަށެވެ.
މި މަޝްރޫއުގެ ދަށުން ސޭންޑް ސަރޗް ސަރވޭއެއް ހެދުމާއި 26.50 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.
މަތިވެރީގެ ބޮޑުމިނަކީ މިހާރު 21.9 ހެކްޓަރެވެ. އެ ރަށް އެއްކޮށްހެން އާާބަދުވެ ފުރިފައި އޮތުމާއެކު ރަށުގައި ދިރިއުޅުމުގެ ޭބޭނުމަށާއި ވިޔަފާރިއަށް ދޫކުރާނެ އިތުރު ބިމެއް ނެތުމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.