އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ އަނިޔާވެރިކަމުގެ އެއްވެސް ސިފައެއް ނެތް ބޭފުޅެއް ކަމަށާއި އެކަން ގަބޫލުކުރެވޭނީ ހިތުގައި އޮތް ހަސަދަ އެއްކިބާ ކޮއްލުމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުން ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން ފަށާފައިވާއިރު އެކަމަށް އިޝާރަތް ކުރައްވައި ރޮޒައިނާ ވިދާޅުވީ ރައީސް ޞާލިޙަކީ ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދު ފުއްދަވާ ވެރިއެއް ކަމަށާއި ރައްޔިތުން މިއަދު ތިބީ އުފަލުން ފުރިފައި ކަމަށެވެ.
”ހިތުގަ އޮތް ލޯތްބާއި އިތުބާރު ބަންޑުންވަނީ“ އޭނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ރައީސް ޞާލިޙަކީ ރައްޔިތުން ލޯބިވާވަރުގެ އޯގާތެރި ވެރިއެއް ކަމަށެވެ. އަދި އެއީ އަނިޔާވެރިކަމުގެ އެއްވެސް ސިފައެއް ނެތް ބޭފުޅެއް ކަމަށާއި ހިތުގައި އޮތް ހަސަދަ އެއްކިބާ ކޮއްލުމުން އެކަން ފެންނާނެ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.
ކަލެއަށް ގެދޮރު ލިބުނީމަ ކަލޭ ތިހެން ކިޔާނެ . ހަމައެއް ލަމައެއް ނެތި ގެދޮރު ހުރިބަޔަކަށް ހުޅުމާލޭގަ އޮތް ބިމެއް އަމިއްލަ މަސައްކަތުން ހިއްކި ތަނަކަށް ނުވާއިރު ބަހާލުން އެއީ ވޯޓުން ލަޑާން ޖެހޭވަރު ކަމެެއް .އަހަރުމެން ނުދެނަތިބިން އެއީ ތެދުވެރި އެއް ކަމެއް ހިތްތިރި މީހެއް ކަމެއް . ހަސަދަ ވެރިކަމެއް ނެތަސް އެއީ މިގައުމުގެ ވެރިއާ ކަމަށް ވާއިރު ގައުމިއްޔަތު ކަމެއް ނެތް ވެރި އަކު ބޭނުމެއް ނުވޭ.