ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަކީ ގައުމުގެ ހަމަޖެހުމާއި އަމާންކަމަށް އޮތް ހަމައެކަނި ގޮތްކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.
މުޙައްމަދު ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭނެނީ މުޢިއްޒު ހޮވައިގެން ކަމަށެވެ. އަދި މުޢިއްޒު ހޮވުމަކީ އިސްލާމްދީން ރައްކާތެރިކުރުމަށް އޮތް ގޮތް ކަމަށާއި ގައުމުގެ ސުލްހަ މަސަލަސްކަމާއި އިޖުތިމާއީ ފޭރާން ނަގަހައްޓާ ދެމެހެއްޓޭނެ ގޮތް ކަމަށް ވެސް މުޙައްމަދު ވިދާޅުވިއެވެ.
ހަމައެހެންމެ އިންޑިޔާގެ ނުފޫޒާ އަޅުވެތިކަމުން މިންޖުވާނީ ވެސް މުޢިއްޒު ހޮވައިގެން ކަމަށް މުޙައްމަދު ވިދާޅުވިއެވެ.
”ޑޮކްޓަރު މުޢިއްޒާއި ސެންބެއަށް މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ދިވެހި ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްދިނުމަކީ މި %100 މުސްލިމް ރައްޔިތުންގެ އަމާންކަމާ ހަމަޖެހުމަށް ހަމައެކަނި އޮތް ގޮތް“
އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްޓަކައި ޑރ.މުޢިއްޒު މިހާރު ގެންދަވަނީ ރާއްޖޭގެ ރަށްރަށަށް ޒިޔާރަތް ކުރައްވައި ކެމްޕޭން ކުރައްވަމުންނެވެ.
ގައުމުގައި ހަމަެހުން އޮންނާނީ އެމްޑިޕީއަށް ވެރިކަން އޮތިއްޔާ އެއީ ގައުމުގައި ހަމަނުޖެހުން އުފައްދާ ބަޔަކީ އެމްޑީޕީ ކަމަށްވާތީ. އެނޫން ބަޔަކު ވެރިކަމުގައި ތިބިއްޔާ ރަށުތެރޭ މީހުނަސް އުޅުމާވެސް ނުކުޅަދާނަވެފަ އޮތީ