ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓު ލުމަށް ދެތިން ހަފްތާއަށް ވެފައި ވަނިކޮށް ވޯޓުލާ މީހުންނަށް ހިލޭ ބިން ބަހާލުމަކީ ދެވޭ ރިޝްވަތެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބް ރައީސް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ މިހެން ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ހިންގާ ”ބިންވެރިޔާ“ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމެނިފައިވާ މީހުންނަށް ގޯތި ލިބޭތަން ކަނޑައަޅަން ގުރު ނަގަން މިއަދު ފަށާފައި ވަނިކޮށެވެ.
އެގޮތުން އެކަމަށް އިޝާރަތްކުރައްވާ ދުންޔާ މިއަދު ވިދާޅުވީ ގެދޮރުގެ ދަތިކަމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ތަހައްމަލު ކުރަމުން ގެންދާ ވޭނެއް ކަމަށެވެ.
އެކަމަކު ވޯޓުލާން ދެތިން ހަފްތާއަށްވީމާ ވޯޓުލާ މީހުންނަށް ހިލޭ ބިންބަހާލުމަކީ ދެވޭ ރިޝްވަތެއް ކަމަށާއި އެއީ ވަންހަނާ ކުރެވޭނެ ކަމެއް ނޫން ކަމަށް ދުންޔާ ވިދާޅުވެފައި ވެއެވެ.
ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެތަން ފެންނަ ކަމަށް ނުވާ ކަމަށް ދުންޔާ ވިދާޅުވެފައި ވެއެވެ.
މި ސަރުކާރުން ހިންގާ ”ބިންވެރިޔާ“ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި 18،955 މީހުން ހިމެނޭކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.
ވެރިކަމުގަ ހުރިއްޔަ ކޮންމެ މީހަކުވެސް ކަން ކުރަނީ ހަމަ އެހެން. ތިބާގެ ބައްޕަވެސް ވެރިކަމުގައި ހުރި އިރު ކޮންމެ ދައުރެއް ނިމެން ކައިރިވީމަ ރަށްރަށުގަ ކަޑަޖަހާ ބަނދަރު ހަދައިދެން ކަމަށް ބުނެ. ބުނެލަން ބޭނުންވޭ އަދި މިހާތަނަށް ރާއްޖެތެރެއަށް އެންމެ ގިނަ ކަންތައް ކޮށްދިން މީހަކީ ހަމަ އިބޫ ސޯލިހޭ.އަހުން އިބުއަށް ސަޕޯޓެއް ނުކުރަން ނުވެސް ކުރާނަން. އޭނާއަކީ ޣައިރުމުސްލިމުންގެ ދީނުގެ ކަންތައްތަކަށް ސަޕޯރޓްކުރާ މީހެއް އަގައިން ނުބުނެހުރެ . އެކަމުގެ އެންމެ ބޮޑު ހެއްކަކީ އަލަމްގިރިއަށް އުރޭ މީހުނަށްދޭ އަދަބު ބޮޑުކުރަން ހުށަހެޅި ހުށައެޅުން މަޖްލިސުން ބޭރުކޮށްލީމަ އަޅާ ނުލާ ހުރުން. ސަރުކާރުން އެކަމަށް ބިލެއް ހުށަނޭޅުން. އެއީ އެކަމަށް ތާއީދު ކުރާ ކަމުގެ ހެކި.
votulaanveemaitheemugeynbeheekonehjeh
Goathi kanthah feshigen ulhythaa ahareh vee. Dhakkaane vaahaka husveetho kamanaa
ރިސްވަތުދޭމީހާ ރިސްވަތުދޭއިރު ރިސްވަތުގަ ހިފައިގެން ވެސް ނުވާނެ . ދަރިފުޅު އުފަންވީ މާލެއަށް ށޭ ބުނާއިރު ކިޔާބަޔަކު އެބަހުގަ އަޅާގަންނާނެކަމެއް ނޭގޭ މާނައަކީ މާލޭމީހެއްގެ ގެދޮރުގަ ރަށްފުށު މީހުން ރަޖިސްޓަރ ކޮއްދޭނެ . ބައެއް މީހުން ކުރާކަމެއްއެއީ ގާތް ރަހްމަތް ތެރިން . އެމީހަކު މާލޭމީހަކަށް ނުވިއަސް މާލޭރަށްވެއްސެއްގެ ގޮތުގަ ފެންނާނީ . އެހެން މީހުން ވެސް ދަރިން އުފަން ކުރަނީ މާލެއަށް . އުފަންވާކޮންމެ ތަނަކީ އެމީހެއްގެ ރަށަކަށް ނުވާނެ .