އިސްލާމީ ޝަރިއާއާއި ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގެ މައްޗަށް އަލިއަޅުވައިލައި ޑރ. އަނާރާ ނައީމް ލިޔުއްވި ފޮތް ނެރެފިއެވެ.
އެ ފޮތް ނެރެދެއްވީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެެވެ.
މިއީ އޭނާގެ ޕީއެޗްޑީއަށް ކުރެއްވި މަސައްކަތުގައި ލިޔުއްވި މައުޟޫއުގެ މައްޗަށް އެކުލެވޭ ދިރާސީ ވާހަކަތައް ކަމަށް އެ ފޮތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. އަނާރާ ވިދާޅުވިއެވެ.
ޑރ. އަނާރާ ވިދާޅުވީ ޢަރަބި ބަހުން ލިޔުނު އެ ލިޔުން އާންމުކުރުމުގެ ވިސްނުން އަބަދު ވެސް ގެންގުޅުއްވި ކަމަށެވެ.
އަނާރާ ވިދާޅުވީ ދިވެހީންގެ މުޖުތަމައަށް އެނގޭނެހެން ދިވެހި ބަހަށް ތަރުޖަމާކޮށް ފޮތް އެކުލަވައިލުމަށް 4 އަހަރު ހޭދަވި ކަމަށެވެ.
ޑރ. އަނާރާވަނީ އެ މަސައްކަތުގައި އޭނާއަށް އެހީތެރިވެދެއްވި ހުރިހާ އެންމެނަށް ޝުކުރު އަދައިކުރައްވައިފައެވެ.
އެ ފޮތް ކޮލެޖު ޔުނިވާސިޓީތަކާއި ލައިބްރަރީތަކުގެ އިތުރުން ރަށު ކައުންސިލްތަކަށް ޑރ. އަނާރާ ވަނީ ހަދިޔާކުރައްވައިފައެވެ.