ހުއްދަ ނުހޯދައި އުމްރާއަށް މީހުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެފަދަ ކަންކަން ކުރާ ކުންފުނިތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އުމްރާއަށް ގެންދިޔުމުގައި އުސޫލާ ޚިލާފަށް އަމަލުކުރާ މީހުންގެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
އުމްރާއަށް ގެންދިޔުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައި އާއްމު ކުރެވިފައިވާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހުއްދައާ ނުލައި ވިޔަފާރީގެ އުސޫލުން އެއްވެސް ބަޔަކު އުމްރާއަށް ގެއްދިޔުމަކީ މަނާކަމެއް ކަމަށާއި ހުއްދަ ނުލިބެނީސް އުމްރާއަށް ގެންދިޔުމަށް އެޑްވާންސްކޮށް ފައިސާ ނެގުމަކީ ވެސް މަނާކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގައިވެއެވެ.