އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްދު މުއިއްޒުގެ ވެރިކަމެއްގައި މުޅި ރާއްޖެއަށް ހަމަޖެހުމާއި ސުލްހަ ވެރިކަން ގެނެސް ދެއްވާނެކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައި ވަނީ ޕީޕިއެމް/ޕީއެންސީން ރިޔާސީ ކެމްޕޭންގައި ހއ.އަތޮޅަށް ކުރައްވާ ދަތުރުގައި ކެލާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އަދުރޭ ވިދާޅުވީ ޑރ.މުއިއްޒަކީ މަޑުމައިތިރި ދީނަށް ލޯބިކުރާ އޯގާތެރި ވެރިއެއް ކަމަށާއި މުއިއްޒުގެ ވެރިކަމެއްގައި މުޅި ރާއްޖެއަށް ހަމަޖެހުމާއި ސުލްހަ ވެރިކަން ގެނެސް ދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައިގެން މަސައްކަތް ކުރައްވާ އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޕީޕީއެމްއާއި ގުޅުވާ ދައްކަވަމުން އަންނަ ވާހަކަތަކަށް ރައްދުދެއްވާ އަދުރޭ ވިދާޅުވީ ނަޝީދު އުޅުއްވަނީ ސިޔާސީ ގޮތުން އަރާނެ ގޮޅިއެއް ނެތިގެން ކަމަށެވެ.
އަދި ރައީސް ޔާމީން ނުހައްގުން ޖަލަށްލައި އަނިޔާ ދެނީ ކޮން ބައެއްކަން ޕީޕީއެމް، ޕީއެންސީގެ އާންމު މެމްބަރުންނާއި ދިވެހި ރައްޔިތުންނަށް ނޯޅޭ ކަމަށް އަދުރޭ ވިދާޅުވެފައި ވެއެވެ.
ރައީސް ޔާމީނަށް އަނިޔާދިނުމަށްފަހު މިއަދު ރައީސް ޞާލިހާއި ޚިޔާލް ތަފާތުވުމުން ޕީޕީއެމްގެ އާންމު މެމްބަރުންގެ ތާއީދު ހޯދުމަށް ކިތަންމެ ވާހަކައެއް ދެއްކިޔަސް އެކަން ކުރި މީހުން ނޯޅޭނެކަމަށް އަދުރޭ ވިދާޅުވިއެވެ.
Adhurey thi kame nuvaane e ee MDP fiyava ehen bayaku cerikana kuraa nama gaumuga hama nujehun ufeddu makes e mee hun ge hobby kama vaa ther