ލ.މާވަށުގައި އައިސްޕްލާންޓާއި ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.
މި މަސައްކަތް ފެނަކައާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޙުސައިން ރަޝީދެވެ.
ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢީދެވެ.
މި އެއްބަސްވުމުގެ ދަށުން މާވަށުގައި ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 25 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ.