މާފުށިން ދިރިއުޅުމަށް ދޫކުރާ 308 ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފިއެވެ.
މާފުށީ ހިއްކި ބިމުން ދުކުރާ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ ރަށު ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
އެ ރަށު ކައުންސިލުން ބުނީ ޝަކުވާތައް ބެލުމަށް ފަހު އެ ލިސްޓަށް އުނި އިތުރު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މާފުށީ ހިއްކި ބިމުން ދުކުރާ ގޯތި ލިބޭ މީހުންގެ ލިސްޓުގައި މުޅިން ވެސް ތިބީ އެ ރަށުގެ ރަޖިސްޓަރީގައި ތިބި މީހުންނެވެ.