ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު އަބަދުވެސް ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ވަފާތެރިވާނެ ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
ހއ.ކެލާގައި މިއަދު ބޭއްވި މުޢިއްޒުގެ ރިޔާސީ ކެމްޕޭން ޖަލްސާގައި އަދުރޭ ވިދާޅުވީ ޑރ.މުޢިއްޒަކީ ރައީސް ޔާމީނަށް އިޚުލާސްތެެރި ވަފާތެރި ބޭފުޅެއް ކަމަށާއި އެ ދެ ބޭފުޅުން ކުރިއަށް ވަޑައިގަންނަވާނީ މަޝްވަރާ ކުރައްވައިގެން އެކުގައި ކަމަށެވެ.
”ޑރ.މުޢިއްޒެއް ނުވާނެ އިބްރާހިމް މުޙައްމަދު ޞާލިޙަކަށެއް. ޑރ.މުޢިއްޒު އަބަދުވެސް ރައީސް ޔާމީނަށް ވަފާތެރިވާނެ, އިޚުލާސްތެރިވާނެ.“
ވެރިކަން ލިބިވަޑައިގަތުމުން ޕީޕީއެމް ބައިބައިވެ އެމްޑީޕީއަށް ވީ ފަދައިން ވެދާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މުޢިއްޒު މީގެ ކުރިން ވިދާޅުވީ ރައީސް ޔާމީނަށް އޭނާގެ ހިތުގައި އަދި އަމަލީ ގޮތުން ވެސް ފެންނަ ވަފާތެރިކަމާއި ލޯޔަލް އަކީ އަބަދުވެސް އޮންނާނެކަމެއް ކަމަށެވެ.
انشاالله