ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގމޭޓް ފަރެސްމާތޮޑާ ދާއިރާާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) ހުވަދު އަތޮޅަށް މިއަދު ވަޑައިގެންފިއެވެ.
ރަނިންގމޭޓާއެކު މި ދަތުރުފުޅުގައި ޕީޕީއެމްގެ ނައިބު ރައީސުން ކަމަށްވާ އަޙްމަދު ޝިޔާާމާއި މުޙައްމަދު ޣައްސާން މައުމޫނާއި މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ރަނިންގމޭޓް ޙުސައިން މުޙައްމަދު ލަޠީފް މިއަދު ވަޑައިގަންނަވާނީ ކަނޑުހުޅުދުއާއި ފަރެސްމާތޮޑާއަށެވެ.
މާދަމާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ފިޔޯރީ، ރަތަފަންދޫ، ނަޑެއްލާ އަދި ތިނަދުއަށެވެ.
17 ވަނަ ދުވަހުގައި ދެއްވަދޫ, ވިލިނގިލި އަދި ނިލަންދުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު 18 ވަނަ ދުވަހުގައި މާމެންދުއާއި ކޮލަމާފުށްޓަށް ވަޑައިގަންނަވާނެއެވެ. ދަތުރުގެ ފަހު މަންޒިލް ކަމަށްވާ ކޮނޑޭއަށް ވަޑައިގަންނަވާނީ 19 ވަނަ ދުވަހުއެވެ.