ގދ.ހޯނޑެއްދޫގައި ހުންނަ އެމްޑީޕީގެ ޖަގަހައަށް ރޭ ބަޔަކު ކަޅުތެޔޮ ޖަހައި ގެއްލުންދީފިއެވެ.
ހޯނޑެއްދޫގައި ހުންނަ އެމްޑީޕީގެ ޖަގަހައަށް ކަޅުތެޔޮ ޖަހާފައިވާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު, ފޮޓޯތަކުން ފެންނަ ގޮތުގައި ހަރުގޭގައި ހުރި ގޮނޑި, މޭޒުފަދަ ތަކެއްޗަށް ވެސް ވަނީ ކަޅުތެޔޮ ޖަހައިފައެވެ.
މި މައްސަލަ މިއަދު ހެނދުނު 6:30 ގައި ފުލުހުންނަށް ރިޕޯޓް ކުރުމުން މިހާރު ވަނީ ތަހުގީގު ފަށާފައެވެ. ފުލުހުން ބުނީ މި މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގދ.މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ވެސް ދާދިފަހުން ބަޔަކު ވަނީ އަލިފާން ރޯކޮށްލައިފައެވެ.
Thi vaanee raees ibooge naagaabilukan gaboolu Koh mi inthikhaabu naakaamiyaabu vaanethee ithurah faleehaiy vaan beynun nuvaathee hahaha ves beynun nukuraan vegen raees Iburaahim ge baeh auvaanun kuri kamakah.