މީހަކާ އިނުމުގެ ވިސްނުމެއް ނުގެން ގުޅޭ ކަމަށް ބަތަލް ކާތިކް އާރްޔާން ހާމަކޮށްފިއެވެ.
މި ފަހުން އޭނާ ކާވެނި ކުރަން އުޅޭ ކަމަށް ބުނެ މީޑިއާ ތަކުން ހާމަކުރުމާއި އެކު ކާތިކް ވަނީ އެކަން ދޮގުކޮށް އޭނާ އަދި އެ ވިސްނުން ނުގެން ގުޅޭ ކަމަށް ހާމަކޮށްފައެވެ.
އެގޮތުން އޭނާގެ ވިސްނުން ހުރީ ބޮލީވުޑްއިން ކުރިއަށް ދިއުމަށް ކަމަށާއި ލޯބިވެރިއެއް ގެންގުޅުމުން އޭނާއަށް ދޭން ބޭނުންވާ ވަރަށް ވަގުތު ނުދެވޭނެ ކަމަށް ވެސް ކާތިކް ވަނީ ހާމަކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް ދެއަހަރަކީ ވެސް އޭނާއަށް ވަރަށް ބުރަ ދެ އަހަރު ކަމަށާއި އޭނާ ސޮއި ކޮށްފައި 10 އަކަށް ވުރެ ގިނަ ފިލްމު ހުރިކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ކާތިކް އަކީ ބޮލީވުޑްގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެހާމެ ކުރިއަރައިގެން ދިޔަ ބަތަލް އެކެވެ. އެގޮތުން އޭނާ އެހާ އަވަހަށް ކައިވެނި ނުކުރާނެ ކަމަށް ވެސް އާއްމުންގެ ގިނަ މީހުން ދަނީ ބުނަމުންނެވެ.