މިފަހުން ބޮކްސް އޮފީހުގައި ނެރުން ފިލްމު ”ގަދަރު 2“ މިއަހަރު ނެރުން އެންމެ ކާމިޔާބު އެއް ފިލްމަށް ވެގެން ގޮއްސި ކަމަށް މީޑިއާ ތަކުން ހާމަކޮށްފިއެވެ.
މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި ސަނީ ޑިއޯލް ފެނިގެންދާ މި ފިލްމަށް ވަނީ ޝާޙްގެ ޕަތާންއަށް ވުރެ ހޫނު ތަރުހީބެއް ލިބިފައި ކަމަށާއި ފިލްމު ނެރުން ހުކުރު ދުވަހުން ފެށިގެން ކުރިއަށް އޮތް ހަފްތާވެސް އޮތީ ހައުސްފުލް ޝޯ ތަކެއް ކަމަށެވެ.
މި ފިލްމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ސަނީ ހާމަކޮށްފައިވާ ގޮތުގައި މި ފިލްމަށް އެހާ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އޭނާ އުއްމީދު ކޮށްފައި ނުވާ ކަމަށާއި އެގޮތުން ގަދަރުގެ ފުރަތަމަ ބައި އާއި ދެވަނަ ބައި ދޭތެރޭ އަހަރު ތަކެއްގެ ތަފާތު ހުރުމުން އާއްމުންއަށް ކަމުނުދާނެ ކަމަށް އޭނާއަށް ހީވި ކަމަށް ވެސް ސަނީ ވަނީ ހާމަކޮށްފައެވެ.
މި ފިލްމަކީ އޭނަ އާއި އަމީޝާ ޕަޓޭލްއާ އެކީ ޑައިރެކްޓަރު އަނިލް ޝަރުމާ 2001 ގައި ގެނެސްދިން ކާމިޔާބު ފިލްމު ”ގަދަރު: އޭކް ޕްރޭމް ކާތާ“ ގެ ސީކްއެލް އެވެ.
މަ ހީކުރީ އަމީޝާ ޕަޓޭލް ގެ މުސްކުޅިކަން ފެނިފައި ތިޔަ ފިލްމް ނުހިގަނެކަމަށް. ހީވަނީ ސަނީގެ މަންމަހެން.